ފަހުވަގުތު ސައުދީ އަރަބިއްޔާގެ ސަރުކާރުން އިންޑޮނޭޝިޔާއަށް ދިން އިތުރު 10 ހާސް ޙައްޖު ކޯޓާ ދޫކޮށްލައިފި އެވެ.

އިންޑޮނޭޝިޔާއިން މިހާ ގިނަ ޙައްޖު ކޯޓާ ދޫކޮށްލަން ނިންމާފައިވަނީ ވަގުތު ކުޑަތަން ވެފައިވާ ކަމަށް ބުނެއެވެ.

Ad
rt

ކޯވިޑް-19 ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލި ފަހުން ފުރަތަމަ ފަހަރަށް އިންޑޮނޭޝިޔާއިން ޙައްޖަށް މީހުން ފޮނުވާފައި ވާއިރު މިއަހަރު އެ ޤައުމުން ޙައްޖަށް ފޮނުވާފައިވަނީ އެއްލައްކަ މީހުންނެވެ.

މިއީ އެ ޤައުމުން ޢާއްމުކޮށް ޙައްޖަށް ފޮނުވާ ޢަދަދަށް ވުރެ ދެބައިކުޅަ އެއް ބަޔަށް ވުރެ ވެސް މަދު ޢަދަދެކެވެ.

ކޯވިޑްގެ ކުރިން އިންޑޮނޭޝިޔާއިން ޢާއްމުކޮށް ދެލައްކަ ވިހިހާހެއްހާ ޙައްޖުވެރިން ޙައްޖަށް ފޮނުވާފައި ވެއެވެ.

އިންޑޮނޭޝިޔާއިން މިހާ ގިނަ އަދަދެއްގެ ޙައްޖު ކޯޓާ ދޫކޮށްލަން ނިންމާފައިވަނީ އެ ޤައުމުގެ ޙައްޖު ކޯޓާ ނިޒާމުގެ ތެރެއިން ކަންކަން ހަމަޖައްސައިގެން އިތުރު ދިހަ ހާސް މީހުން ޙައްޖަށް ފޮނުވޭހާ ވަގުތު އޮއްވާ ޙައްޖު ކޯޓާ ތައް ލިބިފައި ނުވާތީ ކަމަށް ބުނެއެވެ.

ކޯވިޑްގެ ކުރިން އެވްރެޖްކޮށް އަހަރަކު 2.5 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީން ފުރުސަތު ދެއެވެ. ނަމަވެސް ކޯވިޑާއެކު އެ ޢަދަށް ވަނީ ބަދަލު ގެނެސްފައެވެ.