މޫސުން ގޯސްވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މުހުތާދުޖެހިފައިވާ ތ. އަތޮޅުގެ ބައެއް ރަށަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ އިދާރާގެ ސެންޓްރަލް އޭރިއާ ކޮމާންޑް ސިފައިންގެ ޓީމެއް އަދި ވެސް ތިމަރަފުށީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސިފައިން ދަނީ ޕަންޕުބޭނުން ކޮށްގެން ފެންހިންދުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ.

Ad
rt

މިއަދު ވެސް ދިޔަވަރު އެންމެ ބޮޑުވި ގަޑީގައި އެރަށް ވަނީ އުދައަރާފައެވެ. ނަމަވެސް ޕަންޕު ބޭނުންކޮށްގެން ހިއްކަމުން ދާތީ އިއްޔެ އެރަށުގައި ލޮނުގަނޑު ބޮޑުވި މިންވަރަށް މިއަދު ލޮނުގަނޑު ބޮޑުވެފައެއް ނުވެއެވެ.

‏މީގެ އިތުރުން ‏ތ. ގާދިއްފުށްޓާއި މަޑިފުށްޓަށްވެސް އުދައެރުމާ ގުޅިގެން އެ ރަށްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން އެ ދެ ރަށުގެ ކައުންސިލަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ގޯނި ހަވާލު ކޮށްފައި ވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ ސެންޓްރަލް އޭރިއާ ކޮމާންޑްގެ 10 ރަށަކަށް އެރަށް ރަށުން އެދުމުން ގޯނި ފޯރުކޮށްދީފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ފަހަކަށް އައިސް ދިވެހިރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރަށް ރަށަށް އުދައެރުމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން ދެކުނުގެ ރަށްތަކަށް އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ދަނީ ލިބެމުންނެވެ.