ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ އާއިލާތަކާއި ރަހްމަތްތެރިން ވެސް ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަގީން ކުރެއްވުމަށް ފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދު ދެއްވާ ކަމަށެވެ.
އަދި ދަތުރު ކުރާ އިރު އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން މި ދުވަސްވަރު ކަނޑުމަތީގެ އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވެސަ ވަނީ މި ،ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ހަފްތާ ބަންދާއެކު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި އާންމު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައެވެ.
މިއަދު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާއިރު ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރާނެތީ، މޫސުމަށް އިތުރަށް ސަމާލުވުމަށް އެމްެްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!