ކްރޮސްރޯޑްސްގައި މަރުވި އޮސްޓްރޭލިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު، ފައިސާ ނެތިގެން ގައުމަށް ނުގެންދެވިފައިވާކަމަށް އާއިލާއިން ހާމަކޮށްފި އެވެ.
މިމަހުގެ 25 ވަނަ ދުވަހު ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން ގެއްލުނު ޖަސްޓިން ގްރޭންގާ ނަމަކަށް ކިޔާ ފަތުރުވެރިޔާ މޫދުން ނެގިއިރުވެސް ވަނީ މަރުވެފައިކަމަށް ފުލުހުންގެ ޚިދުމަތުން އެދުވަހު ވަނީ ބުނެފަ އެވެ.
އާއިލާ އާއި ހަވާލާދީ ބޭރުގެ ބައެއް ނުސްތަކުގައި ބުނެފައިވަނީ އޭނާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ އަންހެނުން ނާއި 10 އަހަރުގެ އަންހެން ދަރިފުޅާއި އެކު ކަމަށެވެ. އޭނާ މޫދަށް ވެއްޓި މަރުވާން ދިމާވި ސަބަބެއް އެމީހުންނަށްވެސް ނޭންގޭކަމަށް އެނޫހުގައި ބުނެފައިވެއެވެ.
މަރުވި ފިރިމީހާގެ ހަށިގަނޑު ރާއްޖޭގައި ބާއްވާފައި އަންހެންމީހާ އާއި 10 އަަހަރުގެ ދަރިފުޅު އޮސްޓްރޭލިޔާއަށް އެކަނި ދިއުމަށް މަޖުބޫރުކޮށްފައިވާކަމަށް ޑެއިލީ މެއިލްގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް މިކަމަށް މަޖުބޫރުކުރީ ކޮންފަރާތަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އާއިލާއިން ބުނެފައިވަނީ އެމީހުން ދިރިއުޅޭ ސިޓީއަށް ޖަސްޑިންގެ ހަށިގަނޑު ގެންދިއުމާއި ޖަނާޒާއަށް އަށް 35000 އޮސްޓްރޭލިއަން ޑޮލަރު ބޭނުންވާކަމަށެވެ. ދިވެހި ރުފިޔާއަށް ބަލާނަމަ އެއީ 370,364.03 އެވެ. އެއާއިލާގައި މިވަރުގެ ހަރަދެއް ކުރެވޭނެ ތަނަވަސްކަމެއް ނެތުމުން އާއިލާއިން އަންނަނީ ގޯފަންޑްމިގައި އާންމުންގެ އެހީއަށް އެދި ފަންޑެއް ހުޅުވާފަ އެވެ. މިހާތަނަށް 19220 އޮސްޓްރޭލިއަން ޑޮލަރު ވަނީ އެފަންޑަށް ލިބިފަ އެވެ.
ފުލުހުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން އެދުވަހު ބުނެފައިވަނީ، އެމީހާގެ ހަށިގަނޑު އެދުވަހު މާލެ ގެނެސް އެމައްސަލަ ތަޙްޤީގު ކުރަން ފަށާފައިވާކަމަށެވެ.
އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އެރޭ ފަތިހު 5:59 އެވެ. ފުލުހުން ބުނީ އެމީހާ ފެނިފައިވަނީ މޫދު އަޑީގައި މަރުވެފައި އޮއްވާކަމަށެވެ. ނަމަވެސް އެމްއެންޑީއެފް އިން މިކަމުގެ މަޢުލޫމާތު އާންމުކޮށްފައިވާ ގޮތް ތަފާތެވެ. އެމްއެންޑީއެފް އިން ބުނީ، ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައިވަނީ އެދުވަހުގެ ހެނދުނު 09:36 ހާއިރު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!