ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ މުހިންމު ކާމިޔާބީތަކާއި ޔޯގާ މައްސަލައިގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހާ ޙިއްޞާ ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޮމަންވެލްތު ދަތުރުފުޅުގައި ޙާޞިލު ކުރެއްވުނު ކަންކަމަށް ރައީސުލް ޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިނަމަވެސް އެ ކަންކަމުގެ މަޢުލޫމާތު ރައީސް އޮފީހުން ޢާއްމު ކުރައްވާފައެއް ނުވެއެވެ.
މިމަހުގެ 21 ވަނަ ދުވަހު ހެނދުނު ރަސްމީ ދަނޑުގައި ކުރިޔަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް، އެތަނަށް ބަޔަކު ވަދެ ހިންގި ކަންކަމާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ވެސް ޙިއްޞާ ކުރައްވާފައެވެ.
އެގޮތުން މި ކަންތައްތައް ހިނގާދިޔަގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ކުޑަކޮމެޓީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގައި ކޯވިޑް މަލިމަޑުކަމުގެ ހާލަތާބެހޭ އެންމެ ފަހުގެ މަޢޫލޫމާތާއި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާލެއްވި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުބވުމުގައި ޙިއްޞާ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!