މޯލްޑިވްސް ޕޯސްޓުގެ އީ- ކޮމާސް ޕްލެޓްފޯމް، އީ-ޓުކުރިއާއި އެކު ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.
އީ ޓުކުރިން ބުނީ މިއީ އެ ޕްލެޓްފޯމާއެކު އީދު ފާހަގަ ކުރުމަށް ހުޅުވާލާ ފުރުސަތުތަކެއް ކަމަށެވެ. އެގޮތުން އާއިލާ ނުވަތަ ރައްޓެއްސަކަށް އީދު ހެދުން ހަދިޔާ ކޮށްލުމުގެ ފުރުސަތާއި ކުޑަކުދިންނަށް ކުރެހުމުގެ މުބާރާތަކާއި ކުއިޒެއް ހުޅުވާލައިފައިވާ ކަމަށް އީ ޓުކުރިން ބުންޏެވެ.
އެގޮތުން ކުދަކުދިންނަށް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އާރޓް ކޮންޓެސްޓުގައި ބައިވެރިވުމަށް އަގު ހުރި އިނާމް ތަކެއް ހުށައަޅާފައިވާކަމަށް ބުނެއެވެ. މިކޮންޓެސްޓުގައި ބައިވެރިވުމަށް އިޓުކުރި އާއި އީދާއި ގުޅުން ހުރި ކުރެހުމެއް ކުރެހުމަށްފަހު eTukuri_mv ޓެގް ކުރުމަށް ފަހު #etukuriartchallenge މިހޭސް ޓެގް ބޭނުން ކުރަން ޖެހޭނެއެވެ.
އެންމެ މޮޅު 5 ކުރެހުމެއް ހޮވުމަށް ހަމަޖެހިފައިވާއިރު ޓޮޕް 3 ވަނަ ވެސް ހޮވާނެއެވެ. ހޮވޭ ކޮންމެ ކުރެހުމަކަށް ހާއްސަ އިނާމަކާއި ސެޓްފިކެޓެއް ލިބޭނެކަމަށް ބުންޏެވެ.
މީގެ އިތުރުން "އީދު ކުއިޒު" ގެ ނަމުގައި، އަންނަ މަހުގެ 31 ގެ ނިޔަލަށް ކުއިޒެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ކުއިޒެއް މީސްމިޑިޔާގައި އާންމު ކުރަމުން ދާނެއެވެ.
މިކުއިޒްގައި ބައިވެރިވުމަށް ރަނގަޅު ޖަވާބު ދިނުމަށްފަހު ރައްޓެހިންނާއި އާއިލާއަށް ފެންނަހެން ޝެއަރ ކުރަން ޖެހެއެވެ.
މިދެ ހަރަކާތުގައި ބައިވެރިވުމަށްވެސް އިޓުކުރީގެ މީސްމިޑިޔާ މަންސަ ތަކަށް ލައިކްކޮށް ފޮލޯކުރަން ޖެހޭނެއެވެ.

އީ- ކޮމާސް ޕްލެޓްފޯމް، އީ ޓުކުރި މެދުވެރިކޮށް ކޮމެންޓް ކޮށްގެން ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.
މި އޮފާއާއެކު އީޓުކުރިން ކޮށްފައިވާ ޕޯސްޓަށް ލައިކް ދިނުމަށް ފަހު ކޮމެންޓު ގައި ހަދިޔާ ކޮށްލަން ބޭނުންވާ ފަރާތް ޓެގް ކޮށްލާ ސަބަބު ހިއްސާ ކުރުމުން ބައިވެރިވެވުނީއެވެ. މި ޕޯސްޓް ހުންނަންވަނީ ޕަބްލިކް އަށް ފެންނަ ގޮތަށް ޝެއާ ކޮށްފައި ކަމަށް ވެސް އީ ޓުކުރިން ބުންޏެވެ.
މި ފުރުސަތުގެ ދަށުން ކޮމެންޓް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ގުރުއަތުން ހޮވޭ ފަރާތަކަށް އީ-ޓުކުރި 2000ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.
މި ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ މަހުގެ 31 އާ ހަމައަށެވެ.
އީޓުކުރިއަކީ "ބޭނުން އެއްޗެއް ބޭނުން ތާކަށް" ފޮނުވާލެވޭހެން އޮންލައިންކޮށް ވިޔަފާރި ކުރުމަށް ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ މަގުބޫލު ބްރޭންޑުތަކާއި ދިވެހިންގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!