އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ބިނާކުރާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ޢާއްމުކޮށް އިއުލާނު ކޮށްފިއެވެ.

މިކަމަށްޓަކައި މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރި އިއުލާނެއްގައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt
މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށާއި މަސައްކަތްތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުޞޫލުންން ކަމަށް ފިނޭންސް މިނިސްޓަރީން ބުނެއެވެ.

ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ނިންމާފައިވާ ރަށްތައްކަކީ އއ.އުކުޅަސް، ޏ.ފުވައްމުލަށް، ލ.ގަމު، ޅ.ނައިފަރު، ރ.އަލިފުށީ، ރ.ދުވާފަރު، ސ.ފޭދޫ އަދި ސ.މީދޫ ގައިއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ އިރު، މި މަސައްކަތްތަކާއި ބެހޭ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.