ޑިމާންޑު އިތުރުވެ ހދ. ކުޅުދުއްފުއްޓާއި ހއ. ހޯރަފުއްޓަށް އިތުރު ފްލައިޓުތައް ބާއްވަން މޯލްޑިވިއަނުން ނިންމައިފިއެވެ.

ގައުމީ އެއާލައިނުން ކުރި ޓްވީޓެއްގައި ބުނީ މާދަމާއަށް އިތުރު ފްލަައިޓުތަކެއް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އެގޮތުން، މާލެއިން ކުޅުދުފުއްޓަށް، ކުޅުދުފުށިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ދަތުރުތައް އޮންނާނެ ކަމަށަ އެ އެއާލައިނުން ބުންޏެވެ.

Ad
rt

މީގެ އިތުރުން އިއްޔެއިން ފެށިގެން ޖުލައި 16 ގެ ނިޔަލަށް ޑިމާންޑަށް ބަލައި ްިތުރު ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

މިއަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ގިނަ މަންޒިލަތްކަަށް 1 މަސް ދުވަސް ވަންދެން ފްލައިޓުތައް ވަނީ ފުލް ވެފައެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް އެންމެ ބާރު ބޮޑު އެއް ސަރަހައްދަކީ ތިލަދުންމައްޗެވެ. ކުޅުދުއްފުއްޓަކީ ގިނަ ބަޔަކު ބޭސްފަރުވާއަށް ދާ ރަށަކަށްވުމުން މި ދުވަސްވަރު އެ ރަށަށް އޮތް ޑިމާންޑް ވެސް ވަނީ ވަރަށް ބޮޑުވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން ދާދި ފަހުން މޯލްޑިވިއަނުން ވަނީ އެ އެއާލައިންގެ ޓިކެޓުތައް ވެސް އަގުބޮޑުކޮށްފައެވެ.