މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯ ތަކާއެކު އެތައް ބަޔަކު އަންތަރީސް ކޮށްލައިފިއެވެ.

އަދުނާން ވަނީ އޭނާގެ ރަސްމީ އެކައުންޓްތަކުގައި ދިވެހިރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔަ ފޮޓޯއެއް ހިއްސާކޮށްފައެވެ. މި ފޮޓޯ ޢާއްމުކުރަމުން ލިޔެފައި ވަނީ "ޖަސްޓް ޗިލިންގް އިން ކުޑަވިލިނގިލިރިސޯޓް...އެގެއިން" މިހެންނެވެ.

Ad
rt

މިފޮޓޯތައް މީސް މިޑިޔާގައި އަންނަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. ގިނަބަޔަކަށްވަނީ ވަރަށް ބޮޑަށް ސިހުން ލިބިފަ އެވެ. ޢަދުނާންގެ ފޮޓޯ ތަކުން ގިނަ ބަޔަކަށް ހައިރާންކަން އިތުރުވެގެން ދިޔައީ އާދަޔާ ޚިލާފަށް ބަރުދަން ލުއިކޮށް ހިކިފައި ހުރުމުންނެވެ. އަދި އޭނާ ދަންނަ ގިނަބަޔަކަށް ވެސް އަދްނާން ސާމީ ވަކިވެސް ނުވިއެވެ. މި ފޮޓޯ ޢާއްމު ކުރުމާ އެކު އެތައްބަޔަކު ވަނީ އެއީ އަދުނާން ސާމީ ކަމަށް ގަބޫލު ކުރަން ދެކޮޅު ހަދާފަ އެވެ.

އޭނާގެ ބަރުދަން ވަނީ ގާތްގަނޑަކަށް 155 ކިލޯ ލުއިވެފަ އެވެ. އާދަޔާ ޚިލާފު ބަރުދަން ލުއިވުމަކީ އޭނާގެ ގިނަ ފޭނުންނަށް ލިބުނު ޝޮކަކަށް ވީއިރު މިއީ ހިކެން ބޭނުންވާ އެތައް ބަޔަކަށް ލިބުނު ހިއްވަރެކެވެ.

މިއާއި އެކު ފެށީގެން ދިޔަ އަނެއް ބަހުސްއަކީ ލިޕޯސަކްޝަން ސާޖަރީއެއް ހަދާފައިވާ ކަމަށް ބުނާ ވާހަކަ ތަކެވެ. ޢަދުނާންވަނީ އެ ރިޕޯޓްތައް ދޮގުކޮށްފަ އެވެ.

އަދުނާން ސާމީ މަޝްހޫރުވެފައިވަނީ ސަން ޒާރާ، ލައިފް ކަރަޑޭ، ހުމް ދީވާނޭ، ޝަޔާދު ޔާހީ ޓޯ ޕިޔާރު ހޭ، ޗޯރީ ޗޯރީ، ޖާން މެރީ ޖާ ރާހީ ސަނަމް، ޚޯޔާ ޚޯޔާ ޗާންދު، އާޖާ އާޖާ ފަދަ ލަވަތަކުންނެވެ.

ޕާކިސްތާނަށް އުފަން އަދުނާން އިންޑިޔާ އަށް ދިރިއުޅުން އެކީ ބަދަލުކުރީ 2016 ވަނަ އަހަރު އެވެ. 2000 ވަނަ އަހަރު އޭނާގެ ލަވަ މަޝްހޫރުވެގެން އައިއިރު އޭނާގެ ބަރުދަނުގައި 230 ކިލޯ ހުރި ކަމަށްވެ އެވެ.