ހުމާއި ރޯގާ ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އިން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާތީ އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއްގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ބުނެފިއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން މިރޭގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގައި ވަނީ، ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ދާ ބަލި މީހުންގެ އަދަދު އިތުރުވެ، އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެ ތަނުން ހިދުމަތް ދޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. ހުމާއި ރޯގާ އަދި ކެއްސުމުގެ އަލާމާތެއް ހުންނަ މީހުންނަށް ފްލޫ ކްލިނިކެއް ހާއްސަކުރިއިރު މި ދުވަސްވަރު އަނެއްކާ ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މީގެ ކުރިން ވެސް ކޮވިޑްގެ ކޭސްތައް އިތުރުވި ދަނޑިވަޅުގައި އައިޖީއެމްއެޗުން ވަނީ ފްލޫ ކްލިނިކްގެ ހިދުމަތް ދީފަ އެވެ.
މިދިޔަ މޭ މަހު 13361 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ފަރުވާ ހޯދާފައިވާއިރު ޑެންގީ ޖެހިގެން 185 މީހަކު ރިޕޯޓުކޮށްފައިވެއެވެ. އަދި ބޭރަށް ހިންގާތީއާއި ހޮޑުލެވޭތީ 1824 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ.
ހުމާއި ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މި ދުވަސްވަރު އާންމު ރޯގާތައް ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މޭއި މަހު 13،361 މީހަކަށް އަރިދަފުސް ރޯގާ ޖެހިފައިވާއިރު، 185 މީހަކަށް ޑެންގޫ ވެސް ވަނީ ޖެހިފައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!