ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

ވ.ރަކީދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

އެ މަސައްކަތަށް ކުންފުނިން ހުށަހަޅާފައި ވަނީ 3,223,233.43(ތިން މިލިއަން ދެލައްކަ ތޭވީސްހާސް ދުއިސައްތަ ތިރީސްތިން ރުފިޔާ ސާޅީސް ތިން ލާރި) އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ 60 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓާރ މޫސާ ނައީމެވެ. އަދި ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަލީ ޝަމީޒްއެވެ.