ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ "ރ.ޓޫރިޒަމް އެކްސްޕޯ 2022"ގެ ތެރެއިން މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި އެކްސްޕޯއަކީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ ރ. އަތޮޅު ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
"ރ. ޓޫރިޒަމް އެކްސްޕޯ 2022" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން އެންމެ ޝައުޤުވެރި އެއް ޙަރަކާތް ކަމަށްވާ މޫދު ކުޅިވަރުގެ ބައި ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ރ އަތޮޅު ހުޅުދުއްފާރުގައެވެ.
ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ޙަރަކާތް ފައްޓަވައި ދެއްވާފައި ވަނީ ރ. އަތޮޅު ކައުންސިލުގެ ރައީސް ޙުޞައިން ނާސިފާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރުގެ ނައިބު އަހުމަދު އާތިފެވެ.
މި ޙަރަކާތުގައި މޫދު ކުޅިވަރުގެ ހުނަރުތައް ދައްކާލާފައި ވާއިރު، މޫދު ކުޅިވަރުގައި ތަފާތު އާލާތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ސްކޫލްތަކާއި ޢާއްމުންނަށް ދީފައިވެއެވެ.
މި ޙަރަކާތް ތަކުގައި ރ. އަތޮޅުގެ ހަތް ރިސޯޓަކުން ބައިވެރިވެފައި ވާއިރު، ރ އަތޮޅުގެ ފަސް ރަށެއްގެ ސުކޫލުތަކުގެ މަތީ ގްރޭޑު ތަކުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ވެސް ހިންގާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!