ހދ އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ހދ އަތޮޅު ކައުންސިލުން ބައްދަލުކޮށްފިއެވެ.
މިބައްދަލުވުމުގައި ހދ އަތޮޅު ސްކޫލް މަދަރުސާތަކާއި ހދ. އަތޮޅު ކައުންސިލް ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންންގެ ތަޢުލީމާއި ހުނަރު ތަރައްޤީ ކުރުމަށް ހިންގިދާނެ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން މަސްވަރާކުރައްވާފައިވެއެވެ.
ހދ އަތޮޅުގެ ސްކޫލް ތަކުގެ ވެރިން އެއް މޭޒަކަށް ގެނަސް މިގޮތަށް އަދި މިހާތަނަށް ހދ އަތޮޅު ކައުންސިލުން މަސްވަރާ ބައްދަލުވުމެއް ބާއްވާފައި ނުވެއެވެ. މިބައްދަލުވުމުގެ ސަބަބުން ހދ އަތޮޅު ސްކޫލް ތަކުގެ ދަރިވަރުންގެ ކިޔުވުމާއި ހުނަރު ރަނގަޅުކުރުމަށް ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މިއަންނަ އަހަރު އަދަބީފޯވައްސެއް ބޭއްވުމަށް މަސްވަރާކުރެވިފައިވާކަމަށް ހދ އަތޮޅުކައުންސިލުން މަޢުލޫމާތު ދެއްވައެވެ. އަދި މިކަމަށް ސްކޫލް ތަކުގެ ޕްރިންސިޕަލުން ވަނީ މިއީ ވަރަށް ރަނގަޅު ކަމެއްކަން ފާހަގަކުރައްވައި އެބޭފުޅުންގެ އެއްބާރުލުން މިކަމަށް ލިބޭނެކަން ހާމަކޮށްފައެވެ.
ހދ އަތޮޅު ސްކޫލް މަދަރުސާތަކާއި ހދ. އަތޮޅު ކައުންސިލް ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންންގެ ތަޢުލީމާއި ހުނަރު ތަރައްޤީ ކުރުމަށް ހިންގިދާނެ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުން. pic.twitter.com/Fo3KIiIBXn
— Hdh. Atoll Council (@HdhAtollCouncil) October 22, 2019
މިއަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް މަސްވަރާކުރެވެމުންދާ މި އަދަބީފޯވަހީގެ ސަބަބުން ދަރިވަރުންގެ އަދަބިއްޔާތުގެ ހުނަރު ތަރައްޤީ ވެގެންދާނެކަމަށްވެސް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. މިއީ ކުޅިވަރުގެ ދާއިރާގައި ނޫޅޭ ދަރިވަރުންނަށްވެސް ލިބޭ ވަރަށް ބޮޑު ފުރުޞަތަކަށް ވެގެންދާއިރު އަތޮޅު ކައުންސިލުން މަސައްކަތްކުރައްވަމުން ގެންދަވަނީ ދިވެހިބަހުގެ އެކަޑަމީއާއި ގުޅިގެން މިއަންނައަހަރުން ފެށިގެން މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދިއުމަށެވެ.
3 ކެޓަގަރީއަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ވިސްނާ މި އަދަބީ ފޯވައްސަކީ ކާމިޔާބު ހަރަކާތަކަށް ވެގެންދާނެކަމަށް އަތޮޅު ކައުންސިލުގެ ޑިރެކްޓަރ ޖެނަރަލް އައްސަދު މަޢުލޫމާތު ދެއްވިއެވެ. އިއްޔެ ބޭއްވިގެން ދިޔައީ ސްކޫލް ތަކުގެ ވެރިންނާއިއެކު މި މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށާއި އަދިވެސް މިކަމާއި ގުޅޭގޮތުން އިތުރު މަސްވަރާ ބައްދަލުވުންތައް ބޭއްވިގެންދާނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!