ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އެއްވެސް ޖިނާއީ މައްސަލައެއް ބަލަމުން ނުދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ ޕީޖީ ޝަމީމްގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެއް އޮތް ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެއެވެ.
ފުލުހުން ބުނީ އެފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި، ޕީޖީގެ މައްޗަށް އެއްވެސް ޖިނާއީ މައްސަލައެއް ބަލަމުން ނާންނަ ކަމަށެވެ.
މިފަދަ މައްސަލައެއްގެ ވާހަކަ ފެންމަތިވެފައި މިވަނީ ޕީޖީ މަގާމުން ވަކިކުރަން އެމްޑީޕީން ނިންމާފައި ވަނިކޮށެވެ.
އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި އަގުލަބިއްޔަތުން މިގޮތަށް ނިންމީ މި ހަފްތާ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!