ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީގައި ހިނގި ހާދިސާއެއްގައި މާބްލް ޝީޓްތަކުގެ ދަށުވި ދެވަނަ މީހާ ވެސް މަރުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި، ދެ ފަރާތުގައި ލައްގާފައި ހުރި ޝީޓްތަކުގެ މެދުގައި ތާށިވީ ދެ ބިދޭސީންނެވެ. އޭގެ ތެރެއިން އެކަކު ވަނީ އެތަނުގައި މަރުވެފައެވެ.

Ad
rt

އަނެއް މީހާ މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާ އަށް އައިޖީއެމްއެޗުގައި އޮއްވާ މިދިޔަ އަންގާރަ ދުވަހުއެވެ.

މި ހާދިސާގައި ދެވަނަ އަށް މަރުވީ 38 އަހަރުގެ ބިދޭސީއެކެވެ.

އެނގިފައިވާ ގޮތުގައި އެ ޝީޓުތަކަކީ ރިސޯޓަކަށް ގެންދަން ވެގެން ތައްޔާރުކޮށްފައިވާ ޝީޓުތަކެކެވެ.