ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މި ލޯނު ނެގުމަށް ތިން ބޭންކަކާއެކު އެއްބަސްވެފައެވެ. އެއީ އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކެވެ.
މި ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތާއި ލޯނުގެ އިންޓްރެސްޓް ރޭޓާ ގުޅޭ މައުލޫމާތު ފިނޭންސުން ހާމައެއް ނުކުރެއެވެ.
The Government has today signed a loan agreement of EUR 101 million with ABN AMRO Bank N.V., AKA European Export Trade Bank and ING Bank N.V. for the Greater Male’ Reclamation Project Phase II.@governmentmv pic.twitter.com/VqPZQVTiMD
— Ministry of Finance (@MoFmv) June 16, 2022
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ލޯނުގެ ދަށުން ގުޅިފަޅު އިތުރަށް ހިއްކައި، އާ ޕޯޓެއް ތަރައްގީކޮށް މާލޭގައި މިހާރު ބޭނުންކުރާ ވިޔަފާރި ބަނދަރު އެތަނަށް ބަދަލުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!