ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އެއް ކުންފުންޏަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ކަމަށާއި، ވަކިން ޚާއްޞަކޮށް ރާއްޖޭގެ އެތެރޭގެ ދަތުރު ފަތުރުގެ ނިޒާމަށް އެ ކުންފުނިން ގެނެސްދީފައިވާ އިންޤިލާބީ ބަދަލަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ބަހުގެ ޚިދުމަތާއި ގުޅުނު އާ ބަސްތައް އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ އެމްޓީސީސީ އަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ކަމުން “ޓީމް އެމްޓީސީސީ” އަށް ވަކިން ޚާއްޞަކޮށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޓީސީސީ އަކީ އެ ކުންފުންޏާއި ޙަވާލުކުރާ މަސައްކަތްތައް އިތުބާރާއި އެކު ކަނޑައަޅާފައިވާ ވަގުތަށް ނިންމާ ކުންފުންޏެއް ކަމަށާއި، އެމްޓީސީސީން މަސައްކަތްތައް ކުރަމުން ގެންދަނީ ކޮލިޓީ ހިފަހައްޓައިގެން ސީދާ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށެވެ.
ކުންފުނީގެ ސީއީއޯ އާދަމް އާޒިމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވަމުން ރައީސް ވިދާޅުވީ މިއަދު އެމްޓީސީސީ ހިންގަމުންދަނީ ޙަޤީޤަތުގައި ވެސް ޓީމެއްގެ ގޮތުގައި ކަމަށާއި، ކުންފުންޏާއި އާޒިމް ޙަވާލުވެ ވަޑައިގެންނެވި އިރު އެކަށީގެންވާ ގޮތުގައި ޕްްރޮޖެކްޓްތައް ހިނގަމުން ނުދާ ކަމަށެވެ.
“އާޒިމް ކުންފުންޏާއި ޙަވާލުވެ ވަޑައިގެންނެވި އިރު ކުންފުނީގައި ތިބީ 1400 މުވައްޒަފުން، އެހެންނަމަވެސް މިއަދު އެތައް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވައި ކުންފުނީގައި 3700 މުވައްޒަފުން މަސައްކަތް ކުރަމުން ގެންދޭ”
މި އަހަރު ނިމޭއިރު މި ޢަދަދު 4000 އަށްވުރެ މައްޗަށް އަރާނެ ކަން ފާހަގަ ކުރަމުން ރައީސް ވިދާޅުވިއެވެ.
HEP @ibusolih did the honour of officially unveiling the new @RTLnetwork busses. These 15 double decker busses will officially join our operation tomorrow. We will also start two new bus routes tomorrow, with bus frequency increased for our Phase 2 - West Park bus route. #RTLbus pic.twitter.com/B53iKcnmJu
— MTCC Plc (@MTCCPlc) June 15, 2022
މިއީ މުޅި ރާއްޖެ އާއި ރާއްޖޭގެ މަސައްކަތް ތެރިކަމަށް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެމްޓީސީސީން ދިވެހި ޒުވާނުން މަސައްކަތަށް ނެރެމުން ގެންދަނީ އެ މީހުންނަށް ބޭނުންވާނެ ޓްރެއިނިންގ ތަކާއި ތަމްރީނުތައް ދީގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!