ރައްކާ ރޯޑު ސޭފްޓީގައި އެލައިޑާއި ޝީޝާގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބައިވެރިވެއްޖެއެވެ.
މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން "ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ސޮއިކުރެއްވީ އެ ކުންފުނި ތަކުގެ ވެރިންނެވެ.
އެގޮތުން ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ސޮއި ކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޝީޝާގެ ފަރާތުން ސީއީއޯ އިބްރާހީމް ހުޝާމް ސޮއިކުރެއްވިއިރު އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާންއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ވިދާޅުވީ މީގެކުރިން ޓްރެފިކް ފުލުހުން މަގުމަތިން ހުއްޓުވި ކޮންމެ ތިން ސައިކަލަކުން އެއް ސައިކަލަކީ ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ކަމަށެވެ.
އެހެންއެކަމުން އެކްސިޑެންޓްތައް މަދުކުރުމާއި އެކްސިޑެންޓްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށް ފުލުހުންގެ ޚިދުމަތުން ސަމާލުކަން ދޭނެކަމުގައި ފުލުހުން ފާހަގަ ކުރެއްވިއެވެ.
We have signed a MOU with @PoliceMv as a platinum partner towards creating awareness on Road Safety & Prevention. The main objective of this program is to create awareness on rules, regulations & etiquette which would ensure the safety of everyone that uses our public roads. pic.twitter.com/WVvXMDyNP0
— MTCC Plc (@MTCCPlc) June 15, 2022
ގޮތުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައިވެސް ރޯޑް ސޭފްޓީ ހިމަނައި، މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިވަގުތު މާލެ ސަރަޙައްދުގައި ކުރިއަށްދާ ރައްކާގެ ޕްރޮގްރާމްތައް ކުރިޔަށް އޮތް ތަނުގައި މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށާއި ފުލުހުންގެ އަމާޒަކީ އެކްސިޑެންޓްތައް ސުމަކަށް ހެދުން ކަމުގައި ފުލުސް އޮފީހުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!