އަންނަ މަހު ނެރެން ހަމަޖެހިފައިވާ ނަތިންގ ފޯނާ ގުޅޭގޮތުން މި ހަފްތާގެ ކުރީކޮޅު ނެރުނު ޓީޒާ ހިންޓަކާއެކު މީހުންގެ ހިތް ތަޅުވާލުމަށް ފަހު، ނަތިންގް ފޯނު 1 ގެ ޑިޒައިން މިހާރު ވަނީ ޓެކް ސްޓާޓްއަޕް އިން ހާމަކޮށްފަ އެވެ.

ކުރިންވެސް އެނގިފައިވާ ގޮތަށް ނަތިންގ ފޯނު (1) އިން ޓްރާންސްޕޭރެންސީ އަނބުރާ ގެނެސްދީފައި ވެއެވެ. އެހެންނަމަވެސް އެތެރެއިން ފެންނަން ހުންނަނީ ހަމައެކަނި ވަޔަލެސް ޗާޖިންގ ކޮއިލެވެ.

Ad
rt

ފަހަތުގެ ބާކީ ބައި ނިވާކޮށްފައި ހުންނައިރު ފޯނުގެ މަތިން ކަނާތް ފަރާތުގައި ދެ ކެމެރާ އާއި ތިރީގައި ނަތިންގ ގެ ލޯގޯ ޖަހާފައި ހުރެއެވެ.

އަދި ކެމެރާގެ ވަށައިގެން ދިއްލޭއިރު ޗާޖިން ކޮއިލަށް އޭގެ އަލި އެޅިފައި ހުންނަ ހިތްގައިމު ގޮތަކީ ހަގީގީ ދިރިއުޅުމުގައި ބަލާލަން ޝައުގުވެރިވާފަދަ މަންޒަރެކެވެ.

ފޯނުގެ ކަނާތް ފަރާތުގައި ވޮލިއުމް ބަޓަން ހުންނައިރު އަނެއް ފަރާތުން ޕަވަރ ބަޓަނެއް ވެސް ފެނެއެވެ.

ނަތިންގް ފޯނު ގައި ކުއަލްކޮމްގެ ސްނެޕްޑްރެގަން 7 ވަނަ ޖެން 1 ގެ ޗިޕްސެޓާއި 45 ވޮޓްގެ ފަސްޓް ޗާޖިން ހުންނާނެއެވެ.

ސޮފްޓްވެއާ ބިނާ ކުރާނީ އެންޑްރޮއިޑް 12 އަށެވެ.

ނަތިންގް އޯއެސް އިން ހިންގާ މި ފޯން އަންނަ ޖުލައި 12 ގައި ލޯންޗް ކުރަން ހަމަޖެހިފައި ވާއިރު އިތުރު ތަފްސީލުތައް ދުވަސް ކައިރިވާ ވަރަަކަށް ލިބޭނެ ކަމަށް ބެލެވެ އެވެ.