ކުނި ވަކިކޮށްގެން އުކާލަން ފެށިތާ ދެ ހަފްތާ ވެފައިވާއިރު ފެނިގެންދަނީ އުއްމީދީ ނަތީޖާއެއް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި ބައެއް ގޭބިސީތަކުން ކުނި ނެރުމުގެ އާދަޔަށް ހެޔޮ ބަދަލު އަންނަމުންދެއެވެ. އެގޮތުން ބައެއް ގޭބިސީތަކުން ކުނި ކޮަތަޅު ފުރާލުމަށްފަހު ނޫނީ އުކާލުމަށް ނުނެރޭކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މިއީ އުފަލާއެކު ބަލައިގަންނަ ބަދަލެއް ކަމަށް ވެމްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.

ވެމްކޯއިން ވަނީ ފާއިތުވި ހަފްތާގެ ތަފާސްހިސާބުތައް އާއްމު ކޮށްފައެވެ. ކުނި ވަކި ކުރުމުގެ ކުރިން, އެއްކޮށްލައިފައި ހުންނަ 1300 އަށް ވުރެ ގިނަ ޑަސްބިނުގެ (640 ލީޓަރު) ކުނި އުފެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެމްކޯއިން ގެނައި ބަދަލާއެކު އުކާަލާ ކުނީގެ ތެރޭގައި ފަނާވާ ޒާތުގެ ކުނީގެ 49 އިންސައްތަ އަދި އެހެނިހެން ކުނީގެ ތެރޭގައި 51 އިންސައްތަ ހުންނަކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ. މި ގޮތަށް ކުނި ވަކިކޮށްގެން 15 އިންސައްތަ ގޭބިސީން ކުނި އުކާލާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ބަދަލާއި އެކު, އުކާލުމަށް ނެރޭ ޕްލާސްޓިކް ފުޅީގެ ބާވަތްތައް 27 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ. ކުރިން މިފަދަ ކުނި އެހެނިހެން ކުނިތަކާއި އެއްކުރެވި, ތަޤައްޔަރުވެފައި ހުންނަ ކަމަށާއި އޭގެ ސަބަބަުން ރީސައިކަލްކުރުމަށް ބޮޑު ގޮންޖެހުން ތަކެއް ދިމާވާ ކަމަށް އެ ކުންފުނިން ވަނީ ބުނެގައެވެ.