މާފަންނު ގެޔަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ޙާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 11:45 ކަންހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 57 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބައްލަވަމުން ގެންދަވާ ކަމަށެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ބަލިވެ އުޅުނު މީހެކެވެ.
އެ މީހާ މަރުވެފައި އޮތްކަން އެނގުނީ ފޯނަށް ޖަވާބު ނުދޭތީ އޭނާ ދިރިއުޅޭ ކޮޓަރިއަށް ގޮސް ބެލުމުންނެވެ.
އޭނާގެ ހަށިގަނޑު މިއަދު ފެނުނު އިރު ހަށިގަނޑު އޮތީ ހަރުވެފައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!