ހުޅުމާލެ ފްލެޓެއްގެ ތިންވަނަ ފަންގިފިލައިން ޒުވާން އަންހެނަކު ވެއްޓިއްޖެއެވެ.

އެ ކުއްޖާ ވެއްޓިފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުރި ފްލެޓަކުންނެވެ.

Ad
rt

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއްގެ ތިންވަނަ ފަންގިފިލައިން ޒުވާން އަންހެނަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މިކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 17:30 ހާއިރު އެވެ.

ވެއްޓިފައިވަނީ އުމުރުން 22 އަހަރުގެ ޒުވާން ދިވެހި އަންހެނެކެވެ. އަދި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.