ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއިން މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހަ ފަޅުވެރިޔަކު ތިބި ލަންކާގެ މަސްބޯޓު ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުން މިހާރު ލ. ކައްދު އަށް ދަތުރު ކުރަމުން ގެންދާ ކަމަށެވެ.
ކޯސްޓްގާޓުން މި ބޯޓު ހިފެހެއްޓީ މ. މުއްޔާ ދިމާ 76 ނޯޓިކަލް މޭލު އިރުންނެވެ.
ޝްރީލަންކާގެ މި ބޯޓާ ބެހޭ މަޢުލޫމާތު ކޯސްޓްގާޑާ ހިއްސާކުރީ "އަލަމޫ 2" ނަމަކަށް ކިޔާ ދޯންޏަކުންޏެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ގަވައިދާ ހިލާފަށް ބޭރުގެ މަސްބޯޓް ތަކުން ވަދެ މަސްވެރިކަން ކުރާކަމުގެ ޝަކުވާ މަސްވެރިން ކުރަމުން ގެންދެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ބޭރުގެ މަސްބޯޓްތަކުން ވަދެ، ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާތީ ހިފަހައްޓާފައިވެ އެވެ.
ނަމަވެސް މިފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވޭނެމަގެއް ނުފެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!