ކުންޏަކީ ރާއްޖެ އަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ތިމާވެއްޓާބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ފުވައްމުލަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުންޏަކީ ރާއްޖެ އަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވައި، މި މައްސަލަ ހައްލު ކުރަން މަރުހަލާ ތަކަކަށް ބަހާލައިގެން ވަރަށް ބާރަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަސައްކަތުގެ ދަށުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމު ކުރަން ހަމަޖައްސާފައިވާ ކަން މިނިސްޓަރު ޝައުނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ޝައުނާ ވިދާޅުވީ ރާއްޖޭގައި 13 ބާވަތެއްގެ ޕްލާސްޓިކް މަނާކޮށް، ތަންފީޒުކުރާ ސިޔާސަތުގެ ދަށުން އަންނަ އަަހަރުގެ ނިޔަލަށް ރާއްޖޭގެ މޫދާއި ގޮނޑުދޮށްތަކުން ޕްލާސްޓިކް އެތައް ގުނައަކަށް މަދުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!