ފްރެންޗް ނޭޝަނަލް ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންނަށް ހާއްސަ އޮޕަރޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.
ފްރެންޗް ނޭޝަނަލް ޕޮލިސްގެ އެލީޓް ޓެކްޓިކަލް ޔުނިޓެއް ކަމުގައިވާ ރިސަރޗް، އެސިސްޓަންޓް، އިންޓަރވެންޝަން، ޑިސުއޭޝަން (ރެއިޑް) ގެ ފަރާތުން ދިވެހި ފުލުހުންނަށް ހާއްސަ ކުރިއަށް ގެންގޮސްދެއްވި މި އޮޕަރޭޝަން އެކްސަސައިޒެއް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
މި އެކްސަސައިޒްގެ ކުރިއަށް ގެންގޮސްފައި ވަނީ ދ. ވާނީ އާއި މާލޭގައެވެ.
މުދައްރިބުންގެ ގޮތުގައި ރެއިޑްގެ ދެ އެކްސްޕާޓުން ހަރަކާތްތެރިވެފައިވާ މި އެކްސަސައިޒްގައި، އާމްޑް ޓެރަރިޒަމް ފޯސަސްއާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ޓެކްނިކަލް ޓްރެއިނިންގ އާއި އެފަދަ ފަރާތްތަކާ ދެކޮޅަށް އެޅިދާނެ އެހެނިހެން ފިޔަވަޅުތަކާ ގުޅޭގޮތުން އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
ހުސްވި މެއި 30 އިން މި ހިނގާ ޖޫން 2 އަށް ކުރިއަށް ގެންދިޔަ މި އެކްސަސައިޒްގައި 27 ފުލުހުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!