ޔުއެފާ ނެޝަނަލް ލީގް ގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިނގިރޭސިންގެ މައްޗަށް ހަންގޭރީ ކުރިހޯދައިފިއެވެ.

ގިނަވަގުތު ބޯޅަ ހިފައްަޓައިގެން ކުޅުނު އިނގިރޭސިްނގެ މައްޗަށް ހަންގޭރީ ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗްގައި ފެނުނު ހަމަ އެކަނި ގޯލް ހަންގޭރީއަށް ކާމިޔާބް ކޮށްދިނީ ޑޮމިނިކް ސޮބެސްލެއި އެވެ. މިއީ މެޗްގެ 64 ވަނަ މިނެޓްގައި ރީސް ޖޭމްސް ކުރި ފައުލަކާ ގުޅިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކުރި ލަނޑެކެވެ.

މިގުރޫޕްގައި ޖަރުމަން އަދި އިޓަލީ ބައްދަލު ކުރި މެޗް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހާފައިވަނީ އިޓަލީން ނެވެ. 70 ވަނަ މިނިޓްގައި މިގޯލް ކާމިޔާބް ކޮށްދިނީ ޑެގްނެންޑް ވިލްފްރެޑް ނޮންޓޯގެ އެހީތެރި ކަމާއެކު ލޮރެންޒޯ ޕެލެގްރިނި އެވެ. މޮޅަށް ކުޅުނު ޖަރުމަން ގޯލް ޖަހައި ނަތީޖާ ހަމަ ހަމަ ކުރީ މެޗްގެ 73 ވަނަ މިނެޓްގައި ޓިމޯ ވާނާގެ އެހީތެރިކަމާއެކު ޖޯޝުއާ ކިމިޗް އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެން މެޗް ތަކަށް ބަލާއިރު އަލްމޭނިއާ އާއި އަޔަލެންޑް ބައްދަލުކުރި މެޗް 1-0 ގެ ނަތީޖާއިން އަލްމޭނިއާ ވަނީ ކާމިޔާބް ކޮށްފައެވެ.

ފިންލެންޑް އާއި ބޮސްނިޔާ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއިން އެއްވަރުވި އިރު، މި ގްރޫޕްގައި މޮންޓަނިގްރޯ އާއި ރުމޭނިއާ ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއިން ކާމިޔާބް ކުރީ މޮންޓަނިގްރޯ އެވެ.

ލަގްޒެމްބާގް 2-0 ގެ ނަތީޖާއިން ލިތިއޫނިއާ މައްޗަށް ކުރިހޯދިއިރު، މި ގްރޫޕްގަ ފެރޯއައިލެންޑްސް މައްޗަށް 4-0 ގެ ނަތީޖާއިން ތުރިކީ ވަނީ ކުރި ހޯދާފައެވެ.

މި މުބާރާތުގައި މިރޭވެސް 9 މެޗެއް ކުޅޭނެއެވެ.