އައްޑޫ ސިޓީގެ ފޭދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި މީހަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގާފައިވާ މި މާރާމާރީ ހިންގާފައިވަނީ ރޭ ފަތިހު 3:10 ހާއިރު އެވެ. ޒުވާނާ ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 3:10 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ އުމުރުން 21 އަހަރު ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.

"އެމީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދެނިކޮށް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ، މި މާރާމާރީ އަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އިނގިފައިވޭ" ފުލުހުން ވިދާޅުވެފަވެއެވެ.