މިހާރު ކުރިޔަށްދާ ޔުއެފާ ނެސަނަލް ލީގުގައި ޑެންމާކް އިން ދުނިޔޭގެޗެމްޕިއަން ފުރާންސް ބަލިކޮށްފިއެވެ.

ފްރާންސްގައި ކުޅުނު މި މެޗުން ޑެންމާކް މޮޅުވީ ފްރާސުން ލަނޑެއްޖަހައި ފައި ވަނިކޮށް ފަހަތުން އަރާ ދެ ގޯލް ޖަހައި 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

ފްރާންސް އިން ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު މި މެޗްގަ ފްރާންސް އިން ޖެހި ހަމަ އެކަނި ގޯލް މެޗްގެ 51 އެއްވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ކަރިމް ބެންޒެމާ އެވެ.

ޑެންމާކް އިން ޖެހި ދެގޯލް ވެސް ޖަހާފައިވަނީ އަންދެރިއަސް ކޯނިލިއަސް އެވެ.ފުރަތަމަ ގޯލް 68 ވަނަ މިނެޓްގައި ޖެހިއިރު، ދެވަނަ ގޯލް ޖަހާފައިވަނީ މެޗް ނިމެން 2 މިނެޓަށް ވެފައިވަނިކޮށެވެ.

މި ގްރޫޕް ގައި ދެން ކުޅުނު އަނެއް މެޗް ގައި އޮސްޓްރިއާ ވަނީ 3-0 ގެ ނަތީޖާއިން ކޮރޭޝިއާ ބަލި ކޮށްފައެވެ. ފުރަތަމަ ގޯލް މެޗްގެ 41 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ އޭސީމިލާނަށް ކުޅޭ 33 އަހަރުގެ ފޯވާޑް މާކޯ އާނައުޓްވިޗް އެވެ. ދެވަނަ ގޯލް 54 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ޖަރުމަުނުގެ އޯގަސްބާގައް ކުޅޭ 28 އަހަރުގެ ފޯވާޑް މައިކަލް ގްރެގޮރިޗް އެވެ. 57 ވަނަ މިނެޓްގައި މެޗްގެ ފަހު ގޯލް ޖަހައިދިނީ ބަޔާންމިއުނިކަށް ކުޅޭ 28 އަހަރުގެ މިޑިފީލްޑަރ މާސެލް ސަބިޓްސާ އެވެ.

މި ގްރޫޕް ގަ ކޮންމެޓީމަކުންވެސް އެއްމެޗް ކުޅެފައިވާއިރު އެއްވަނައިގައި އޮސްޓްރިއާ ދެވަނައިގައި ޑެންމާކް ތިންވަނައިގައި ފުރާންސް އަދި އެންމެ ފުލުގައި ކޮރޭޝިއާ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު އެހެން މެޗް ތަކަށް ބަލާއިރު ކަޒަކިސްތާން 2-0 ގެ ނަތީޖާއިން އަޒަރުބައިޖާން މައްޗަށްވަނީ ކުރި ހޯދާފައެވެ. 3-0 ގެ ނަތީޖާއިން އެންޑޯރާ މައްޗަށް ލެޓްވިއާ ވަނީ ކިރިހޯދާފައެވެ. ލެކިޓެންސްޓައި އަތުން 2-0 ގެ ނަތީޖާއިން މޮލްޑޯވާ ވަނީ މޮޅުވެފައެވެ. ބެލްޖިއެމް މައްޗަށް ނެދަލޭންޑްސް ކުރިހޯދީ 4-1 ގެ ނަތީޖާއިންނެވެ. ބެލަރެސް އަތުން ސޮލެވޭކިއާ މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. މިރޭވެސް މި މުބާރާތުގެ 7 މެޗެއް ކުޅޭނެއެވެ