ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ޝިޕްމަންޓް ދިއްދުއަށް ގެންދިޔައޫ އިއްޔެއެވެ. އަދި މިހާރު ކުރިއަށްދަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ބޭރުތޮށި ލުމާއި، 185 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ އެއްގަމުތޮށި ލުމާއި، 4320 އަަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 69.8 މިލިއަން ރުފޔާގެ މަޝްރޫއެކެވެ.