ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި، އެކްސިޑެންޓެއް ހިނގައި އެ ދޯނި ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ހުޅަނގުފަރާތު ކަނޑުމަތިން ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
"އެކްސިޑެންޓްގައި "ހުވަނދުމާ 2" ދޯނި ފަޅައިގެންގޮސް އަޑިއަށްދާތީ، ކޯސްޓްގާޑުން ވަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފަ" އެމްއެންޑީއެފުން ވިދާޅުވިއެވެ.
އަޑިއަށް ދިޔަ ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އެމްއެންޑީއެފް
އެ ދޯނި އޮތީ ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްފައެވެ. މި ދޯނި އަޑިއަށް ދިޔައީ މާލޭގެ ޓީ ޖެޓީ ސަރަޙައްދަށް ވަތްފަހުންކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ކެރޭނެއްގެ އެހީގައި އެ އުޅަނދު ފެންމަތިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
އަޑިއަށް ދިޔަ ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އެމްއެންޑީއެފް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!