މިއަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް މާލޭގައި ފަށައިފިއެވެ.
ނަވާރަސަތޭކައެއްހާ ދަރިވަރުންނާއެކު މިމުބާރާތް ފެށީ މިއަދު ހެނދުނު މާފަންނު ސްޓޭޑިއަމްގެ ޓްރެކް ސަރަޙައްދުގައެވެ.
އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތުގައި މިފަހަރު 50 އަށްވުރެން ގިނަ ސްކޫލަކުން ވާދަކުރެއެވެ. މީގެ ތެރޭގައި އަތޮޅުތަކާއި މާލެނޫން ސިޓީތަކުން ވާދަކުރާސްކޫލްތައްވެސް ހިމެނެއެވެ.
ބައެއް ސްކޫލްތަކުން ވޭތުވެދިޔަ މަހެއް ހައި ދުވަސްކުރިން ފެށިގެންވަނީ ޕްރެކްޓިސް ކުރިޔަށް ގެންގޮސްފައެވެ. މި މުބާރާތުގައި 13 އަހަރާއި 21 އަހަރާދެމެދުގެ 5 އުމުރުފުރަޔަކުން ވާދަކުރެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އަތޮޅުތަކުގެ ބައެއް ސްކޫލްތައް މީގެ ހަފުތާއެއްހާ ދުވަސްކުރިން ޓްރެކްސަރަހައްދުގައި ޕްރެކްޓިސް ފަށާފައިވިޔަސް މުބާރާތް ގާތްވެފައިވަނިކޮށް ވިއްސާރަވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ބައެއް ސްކޫލްތަކަށް ޕްރެކްޓިސް ކުރިޔަށް ގެންދެވިފައެއް ނުވެއެވެ.
މިއީ ކޯވިޑް-19 އިގެ ފުރަބަންދަށްފަހު ސްކޫލްތަކުގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ކުޅިވަރު މުބާރާތެވެ. މިމުބާރާތް ނިމޭނީ އަންނަ ހުކުރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!