ރިސޯޓެއްގެ އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓި، ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިޔާވެފައި ވަނީ ރ. އަތޮޅުގެ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން ދިޔަ އުމުރުން 28 އަހަރުގެ ދިވެހި ޒުވާނެއް ކަމަށެވެ.
ރ. އަތޮޅު ރިސޯޓެއްގެ އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއިން ދިވެހި ފިރިހެނަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ މެންދަމު 12:49 ގައެވެ.
"އުނގޫފާރު ހޮސްޕިޓަލަށް ޒުވާނާ ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ" ފުލުހުން ވިދާޅުވިއެވެ.
އަދި އެ މައްސަލައާއި ގުޅިގެން ބައްލަވަންޖެހޭ ކަންކަން ބައްލަވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓުގައެވެ. އަދި ނިޔާވެފައި ވަނީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޒުވާނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!