އިންޑިއާ އައުޓް ބެނާ ނަގަން ނެރުނު އަމުރު ޔާމީންގެ ފަރާތުން އިސްތިއުނާފްކޮށްފި

India Out campaign in Maldives

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ބެނާ ހަރުކުރި މައްސަލާގައި އެގެއަށް ވަންނަން ކްރިމިނަލް ކޯޓުން ދިން އަމުރު ޔާމީންގެ ފަރާތްޕުޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން މިދިޔަ ރޯދަ މަހު ގެންދިޔައީ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް ވަދެ އެވެ.

އެ އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގަތުމާ މެދު ގޮތެއް ނުނިންމަ އެވެ.

ދޫވެހީގެ އިތުރުން ޕީޕީއެމް އޮފީހުގައި ހަރުކުރި ބެނާތައް ވެސް އެ އިމާރާތަށް ވަދެ، ފުލުހުން ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ފަހުން އިންޑިއާ އައުޓްގެ އަކުރުތައް ބަދަލުކޮށްގެން ހަރުކުރި ބެނާތައް ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ނެގި އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *