އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ހއ. ދިއްދޫގައި ބެހެއްޓި ފޮށިތަކުން 70 ވޮޓުގެ ތަފާތުން ފައްޔާޒް އިސްމާޢީލް ހޯދައިފި އެވެ.
ދިއްދޫ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 2 ފޮއްޓެއް ބަހައްޓާފައިވެއެވެ.
2 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 288 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 358 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 70 ވޯޓުގެ ތަފާތެކެވެ.
ދިއްދޫގައި ބެހެއްޓި ފޮށީގެ ނަތީޖާ
1. އިމްތިޔާޒް ފަހުމީ 223
2. ފައްޔާޒް އިސްމާޢީލް 303
މާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާ
1. އިމްތިޔާޒް ފަހުމީ 65
2. ފައްޔާޒް އިސްމާއީލް 55
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އެޕާޓީގެ މެންބަރުންގެ އަދަދު 94،000 އަށް ވުރެ ގިނައެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. ޒުވާނުންގެ ހިތްވަރުގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!