މިއަދު ބޭއްވި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް އަލުން ގުނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެދިއްޖެ އެވެ.
އެމްއެންޕީއިން އިލެކްޝަން ކޮމިޝަން ގައި އަލުން ވޮޓު ގުނުމަށް އެދިފައިވާކަމަށް އެޕާޓީގެ ސްޕޯކްސް ޕާރސަން އަސްރާ އަޙްމަދު ވިދާޅުވީ މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ނަތީޖާ ވަގުތީ ނަތީޖާއަށް ބެލުމަށްފަހު އަލުން ގުނުމަށް އެދިފައިވާ ކަމަށެވެ.
މި އިންތިޚާބުގައި ވާދަކުރީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ އެވެ.
މިވޯޓު ވަގުތީ ނަތީޖާ ދައްކާގޮތުން ފާތުން މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެއްވޯޓުގެ ތަފާތުންނެވެ. ފާތުން އަށް ލިބިފައިވަނީ 359 ވޯޓެވެ. ފާތުން އާއި ވާދަކުރި އެމްއެންޕީގެ ކެނޑިޑޭޓް އައިމިނަތު ސީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 12 އެވެ.
މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ.
Miadhuge Wdc inthihaabuge vaguthee natheeja belumahfahu @MNP_Secretariat in alun recount akah dhiumah Elections Commssion @ElectionsMv ga edhen nimmaifi.
— Asr Ahmed (@AhmedAsrra) May 14, 2022
މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށަހެޅުމުންނެވެ.

މި އިންތިހާބަށް ހަ ވޯޓް ފޮއްޓެއް ބަހައްޓާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!