މިއަދު ބޭއްވި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) ކާމިޔާބު ކޮށްފި އެވެ.

މި އިންތިޚާބުގައި ވާދަކުރީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ އެވެ.

Ad
rt

މިވޯޓު ވަގުތީ ނަތީޖާ ދައްކާގޮތުން ފާތުން ކާމިޔާބުކޮށްފައިވަނީ އެއްވޯޓުގެ ތަފާތުންނެވެ. ފާތުން އަށް ލިބިފައިވަނީ 359 ވޯޓެވެ. ފާތުން އާއި ވާދަކުރި އެމްއެންޕީގެ ކެނޑިޑޭޓް އައިމިނަތު ސީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 12 އެވެ.

މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ.

މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށަހެޅުމުންނެވެ.

މި އިންތިހާބަށް ހަ ވޯޓް ފޮއްޓެއް ބަހައްޓާފައިވެއެވެ.