މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ބައިވެރިވެވަޑައިގަންނަވާ ކްލަބް ހައުސް އިވެންޓެއް މިރޭ ކުރިއަށް ގެންދަން ނިންމައިފިއެވެ.
(އިންތިގެ ކެމްޕޭން ތަރުޖަމާނު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކްލަބް ހައުސް މެދުވެރިކޮށް އިންތި އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރާން ހަމަޖެހިފައިވާ ކަމަށެވެ.
އެ އިވެންޓް އޮންނާނީ މިރޭ 10:30 ގައެވެ. އިންތިގެ ކެމްޕެއިން ގެންދަވަނީ "ތިލަފަތުގެ ރަމްޒް" ޝިއާރުގެ ދަށުންނެވެ.
ތިލަފަތުގެ ރަމްޒު؛ އިންތިއާއެކު@Imthiyazfahmy މިރޭ 10:30 ގައި ކްލަބް ހައުސް އިން އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވާނެ.#ThilafathugeRamzu #InthiAaEku https://t.co/GOpyJL2HdU… pic.twitter.com/IOTLqAB2Rx
— Waddey (@waddey_) May 13, 2022
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު އޮންނާނީ މާދަމާއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބު އެންމެ ފޯރިއާއި، ޖޯޝްގައި ނިންމާލާފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!