އުތުރު ކޮރެއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފުރަތަމަ ފަހަރަށް ފެތުރެން ފަށައިފިއެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނެފައިވަނީ، ވެރިރަށް ޕިޔޮންގްޔަންގްގައި ވަކި އަދަދެއްގެ މީހުންގެ ޓެސްޓުތަކުން، އޮމައިކްރޯން ވޭރިއަންޓް ޖެހިފައިވާކަން ކަށަވަރު ވެފައިވާ ކަމަށެވެ.

Ad
rt

މީގެ ކުރިން އެގައުމުން ބުނަމުން އައީ ކޮވިޑް-19 އަަށް އެގައުމުން އެއްވެސް މީހެއް ޕޮޒިޓިވް ނުވާކަމަށާއި ބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ފުރިހަމަ ރެކޯޑެއް އޮތީ އެގައުމުގައި ކަމަށެވެ.

ޕޮޒިޓިވް ކޭސްތައް ފެނުމުން އެގައުކުގެ ލީޑަރ ކިމް ޖޯން އުން ވަނީ ވެރިކަންކުރާ ކޮރެއަން ވޯކާސް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ވައިރަސްއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެންމެ މަތީ ދަރަޖަ އަށް ޖެއްސުމަށް ނިންމެވި އެވެ. މި ބައްދަލުވުމުގައި ކިމް ވަނީ ވައިރަސް ފެތުރުން ހުއްޓުވާ ވީހާވެސް އަވަހަކަށް ހަމަމަގަށް އެޅުގުމަށް އޮފިޝަލުންނަށް ގޮވާލައްވާފައެވެ.

ވައިރަސް އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރުކުރުމަށް ކިމް ނިންމެވި ނަމަވެސް، ކިމް ވަނީ އެގައުމުގެ ސަލާމަތީ އެއްވެސް ހުސްކަމެއް ކުރިމަތިވިޔަ ނުދިނުމަށް ޓަކައި އެގައުމުގެ ދިފާއީ ބާރުތައް ވަރުގަދަ ކުރުމަށްވެސް އެދިފަ އެވެ. އަދި އިމާރާތް ކުރުމުގެ ސިނާއަތް ހުއްޓާނުލުމަށާއި ދަނޑުވެރިކަން އަދި ދައުލަތުގެ އެހެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އޮފިޝަލުންނަށް އަމުރު ކުރައްވާފައެވެ.

އެ ގައުމުގެ ބޯޑަރު ދެ އަހަރު ދުވަހަށް ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖެނުއަރީ މަހު ވަނީ ބައެއް ސަރަހައްދުތަކަށް ހުޅުވާލާފަ އެވެ.

އެގައުކުގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހި މީހުންގެ އަދަދުތައް ބައިނަލްއަގުވާމީ އިދާރާތަކަށްވެސް ސާދު ކުރެވިފައެއް ނުވެއެވެ. އެގައުމަށް، އދ.ގެ އެހީގައި ހިންގާ ކޮވެކްސް ޑިސްޓްރިބިއުޝަން ޕްރޮގްރާމުން ދިން ވެކްސިންތައް ވަނީ ނައްތާލާފަ އެވެ.