އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ކުޑަކުދިންގެ ހާއްސަ ޔޯގަޓް ބުއިން، “އައިވީ” ގެ އާ ޕެކެޓު ދައްކާލައިފިއެވެ.
މި ޕެކެޓް ދައްކާލާފަައިވަނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އިއްޔެ އެަްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައެވެ. މި ޕެކެޓް އާއްމުންނަށް ދައްކާލީ ރޮބޯ މޭންއެވެ.
“އައިވީޗިލްރަންސްޑޭގެ” ނަމުގައި ބޭއްވި އެ ހަވީރުގައި ދައްކާލި މި ޔޯގަޓް ބުއިމަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ހާއްސަ، ސިއްހަތަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ބުއިމެކެވެ. ތައިލެންޑުގެ މަޝްހޫރު އައިވީ އުފެއްދުމަށް ބޭނުންކުރަނީ ޗެކް ރިޕަބްލިކުން އިމްޕޯޓް ކުރާ އެންމެ ތާޒާ ކިރެވެ.
އައިވީގައި ހަ ފެލޭވާއެއް ހިމެނެއެވެ. އެއީ އޮރެންޖް، ބްލޫބެރީ، ލައިޗީ، ޕުލައިން، ސްޓޯބެރީ އަދި މިކްސް ފުރުޓެވެ.
ޕީޕަލްސް ޗޮއިސްގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ އިތުރުން އެސްޓީއޯއިން އިއްޔެ ވަނީ އެ ކުންފުނީގެ އެކި ޑިޕާޓްމަންޓުތައް ޑެކަރޭޓްކޮށް މުވައްޒަފުންގެ ކުދިންނަށް މަސައްކަތުގެ މާހައުލު ދައްކާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!