މާދަމާއިން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކޯލްސެންޓަރުން ހިދުމަތް ދެމުން އައި ވަގުތުތަކަށް ބަދަލު ގެންނާނެ ކަން އިއުލާންކޮށްފިއެވެ.
މި ބަދަކުތަކަކީ ރޯދައިގެ ކުރިން ކޯލް ސެންޓަރުގެ ހިދުމަތް އޮންނަ ގޮތެވެ. އެގޮތުން، މާދަމާއިން ފެށިގެން ކޯލް ސެންޓަރުން ހުލުރު ދުވަސް ފިޔަވައި އެހެން ދުވަތަކުގައި ހިދުމަތް ދޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. ހުކުރި ދުވަހު ހިދުމަތް ދޭނީ މެންދުރު 2:00ން ރޭގަނޑު 9:00 އަށެވެ.
ވެމްކޯއިން އެކުންފުނީގެ އެކި ހިދުމަތްތަކަށް ރޯދަ މަހު ބަދަލުގެނައެވެ. މި ބަދަލުތައް އާއްމު ހާލަތަށް ބަދަލު ކޮށްފައިވަނީ ޝައްވާލު މަހުގެ ހަ ރޯދަ މިއަދު ނިމުމުންނެވެ.
ވެމްކޯއިން ކޯލް ސެންޓަރު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް އޮންލައިންކޮށް ހިދުމަތްތަކަށް އެދެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!