ވިލިމާލެއަށް ނޭރުމަށް އިންޒާރު ދީފައި އޮތްނަމަވެސް އިއްޔެ ވިލިމާލެއަށް ވަޑައިގެން ކަމަށާއި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެއް ގެއަށް ވަނުމުގެ ފުރުސަތު ލިބުނު ކަމަށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމް މެންބަރު ނަޙުލާ ޢަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ އިއްޔެ ވަނީ އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮންފަރާތަކުން ކަމެއް ވިދާޅެއް ނުވެއެވެ. އެކަމަކު ޕާޓީގެ ތެރެއިން އޭނާއަށް ކުރިމަތިވެފައިވާ ކަންކަމަކީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް، އިބްރާޙީމް ޝުޖާޢު އަޑީގައި ހުންނަވައިގެން ހިންގަވާ ކަންކަން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

Ad
rt

އޭގެފަހުން ނަހުލާ ވިދާޅުވެފައި ވަނީ ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އިއްޔެ އެދާއިރާގައި ޕީޕީއެމުން ކުރިއަށް ގެންދިޔަ ދޮރުން ދޮރުން ހިންގުމުގެ ހަރަކާތުގައި ބައިވެރިވާ އޭނާއަށް ފުރުޞަޠު ދީފައި ނުވާކަމަށެވެ. އެހެންކަމުން އެ ހަރަކާތް ހިނގީ ދާއިރާގެ ކައުންސިލަރާއި ނުލައި ކަމަށް ވިދާޅުވިއެވެ.

"އިންޒާރު ދީފައި އޮތް ނަމަވެސް ދާއިރާގެ ގިނަ ޒުވާނުންގެ ތަރުހީބާއެކު ހަވީރު 5:30 ހާއިރު ހުޅުމާލެއަށް އަޅުގަނޑު ދިޔައިން، ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި އެއް ގެއަށް ވަނުމުގެ ފުރުޞަޠު އަޅުގަނޑަށް ލިބުނު، އެކަމަށްޓަކައި މޭޔަރުއަށް ޝުކުރު ދަންނަވަން" ނަހުލާ ވިދާޅުވެފައެވެ.

ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގައިފި: ނަހުލާ

ނަހުލާ ވިދާޅުވީ، ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢުގެ ނުފޫޒުން ދޮގުވާހަކަ ފަތުރައި، އޭނާ ވިލިމާލެއަށް އަރައިގެން ޕާޓީން ކަނޑާލިއަސް ފިކުރު ތަފާތުކުރުމެއްނެތި ވިލިމާލެ ރައްޔިތުންނަށް ޚިދުމަތްކުރުން މަތީ ދެމި ހުންނަވާނެ ކަމަށެވެ. އަދި ތާއީދު ކުރައްވަނީ ރައީސް ޔާމީނަށް ކަމަށާއި، އެކަން އޮޅުވާނުލުމަށް އެދިވަޑައިގެންފައި ވެއެވެ.

ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އަށް ތާއީދު ހޯދުމަށް އިއްޔެ ވިލިމާލޭގައި ޕީޕީއެމުން ހިންގި ހަރަކާތުގައި އިސްބޭފުޅެއް ގޮތުގައި ބައިވެރިވެވަޑައިގަތީ އެޕާޓީގެ ނައިބު ރައީސް އަދި މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެެވެ.