ހދ. ނޭކުރެންދޫ ގައި ފިތުރުޢީދާ ދިމާކޮށް އެރަށު ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދިޔަ ފިރިހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނަމުރު ޓީމުން ހޯދައިފިއެވެ.
ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލްމެޗް ނަމުރު ޓީމް ކާމިޔާބުކުރީ 3-1 ސެޓުން ކަލިޔާޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓް 25-20 އިން ނަމުރު ޓީމެވެ. ދެވަނަ ސެޓް ނަމުރު ޓީމް ހޯދީ 25-16 އިން ނެވެ. ތިންވަނަ ސެޓް 21-25 އިން ހޯދީ ކަލިޔާ ޓީމް އިންނެވެ. ފަހުސެޓް ނަމުރު ޓީމް ކާމިޔާބް ކުރީ 20-25 އިންނެވެ.
ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ނަމުރު ޓީމް ގެ ޖާޒީ ނަމްބަރ 4 މުހައްމަދު ނާޝިދު އެވެ. މޮޅުކުޅުން ތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ މެއިން ސޮޕޮންސަރ ނަސްރުބޯޓް ގެ ވެރިޔާ އަބްދުލްމުއްޠަލިބް ހުސައިން އެވެ.
މުބާރާތުގެ ގަދަ ހަ ކުޅުން
ތެރިންނަކީ ނަމުރު ޓީމްގެ ޖާޒީ ނަމްބަރ 4 މުހައްމަދު ނާޝިދު ނަމުރު ޓީމްގެ ޖާޒީ ނަމްބަރ 11 މުހައްމަދު ޝާނީޒް ކަލިޔާ ޓީމްގެ ޖާޒީ ނަމްބަރ 7 މުހައްމަދު ނިޝާން ކަލިޔާ ޓީމްގެ ޖާޒީ ނަމްބަރ 31 އަލީ ރިޔާޟް ގަމަނަ ޓީމްގެ ޖާޒީ ނަމްބަރ 5 އަޚްމަދު ޝަރުވާން ގަމަނަ ޓީމްގެ ޖާޒީ ނަމްބަރ 11 މުހައްމަދު އަންވަރު އެވެ.
ގަދަ ހަޔަކަށް ޓްރޮފީ ހަވާލު ކޮށްދެއްވީ މުބާރާތުގެ އިސް އޮފިސަލް މުހައްމަދު ސުޖާއު އެވެ. ރަނަރަޕް ޓީމަށް މެޑަލް ހަވާލުކޮށްދެއްވީ ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް އެވެ. ރަނަރަޕް ޓީމަކީ ކަލިޔާ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލްއާއި ތަށި ހަވާލް ކޮށްދެއްވީ މުބާރާތުގެ މެއިންސްޕޮންސަރ ނަސްރު ބޯޓްގެ ވެރިޔާ އަބްދުލްމުއްޠަލިބް ހުސައިން އެވެ. ޗެމްޕއަން ޓީމަކީ ނަމުރު އެވެ.
މި މުބާރާތް މިފަހަރު ކުރިޔަށް ގެންދަނީ ދެ ޖިންސައްވެސް ހުޅުވާލައިގެންނެވެ. އަންހެން ޓީމްތަކުގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ނަސްރު ބޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!