ނޭކުރެންދޫގައި މިހާރު ކުރިޔަށް ދާ ''ނަސްރު ބޯޓް ޢީދު ކަޕް'' ވޮލީ މުބާރާތުގެ ފައިނަލަށް ޓީމް ނަމުރު ދަތުރު ކޮށްފިއެވެ.
ނަމުރު ޓީމް ފައިނަލަށް ދިޔައީ މިޔަދު ކުޅުނު މެޗް ސީދާ ތިންސެޓުން ޓީމް ކަލިޔާ ބަލި ކޮށްގެންނެވެ. މެޗުގެ ސެޓްތަށް ދިޔައީ ފުރަތަމަ ސެޓް 25-12 އިން ދެވަނަ ސެޓް 25-18 އަދި ތިންވަނަ ސެޓް 25-20 އިންނެވެ.
މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނަމުރު ޓީމްގެ ޖާޒީ ނަމްބަރ 4 މުހައްމަދު ނާޝިދު އެވެ. މޮޅުކުޅުން ތެރިޔާއަށް އިނާމް ހަވާލް ކޮށްދިނީ މެޗްގެ ސަރަފްވެރި މެހެމާން އަލީ ނިޔާޒް އެވެ.
މިއީ މި މުބާރާތުގެ 2 ވަނަ މެޗް އެވެ. މި މުބާރާތުގައި މިޔަދު ކުޅޭ މެޗް ގައި ބައްދަލު ކުރާނީ ގަމަނަ އަދި ކަލިޔާ އެވެ. މިތަނުން މޮޅުވާޓީމަކަށް ފައިނަލްގެ ފަހުޖާގަ ލިބޭނެއެވެ.
މި މުބާރާތަކީ ނޭކުރެންދޫ ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިފަހަރު މުބާރާތުގެ މެއިން ސްޕޮންސާއަކީ ނަސްރު ބޯޓް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!