ފުވައްމުލަކު ސަރަހައްދުން ބޮޑު މިޔަރެއް ކެމެރާއެއް ކާލާ މަންޒަރަށް ދުނިޔޭގެ ސަމާލުކަން!

Shark Swallows Diver's Camera And Shows Its Insides

ޏ. ފުވައްމުލަކު ސަރަހައްދުން ބޮޑު މިޔަރެއް ކެމެރާއެއް ކާލާ މަންޒަރަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެެވެ.

ފެމުނު މިޔަރެެއް އަައިސް 360 ކެމެރާއެއް ކާލާ މަންޒަރު އިންސްޓަރ ގްރާމްގައި ހިއްސާކޮށް ފައިވަނީ، ސްވިޒަރލޭންޑްގެ ފިލްމް މޭކަރެއް ކަމަށްވާ ޒިމީ ދަ ކިޑް ކިޔާ ޒުވާނެކެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ވީޑިއޯ ހިއްސާ ކުރަމުން ޒިމީ ބުނެފައިވަނީ، މިކަން ހިނގާފައިވަނީ މި ޔަރުތަކުގެ ވީޑިއޯ ޑޮކިއުމެންޓްރީއެއް ހަދަން ޝޫޓު ކުރަމުން ދަނިކޮންކަމަށެވެ.

ދުނިޔޭގެ ސަމާލުކަމަށް އެ އެވިޑިއޯއަށް ލިބުނީ، މިޔަރު ކެމެރާ ކާލާތީއެއް ނޫނެވެ. ކެމެރާ އަކީ 360 ކެމެރާއެއް ކަމުން މިޔަރު އެ އަންގަޔަށް ލުމުން މިޔަރުގެ އަނގަ ތެރޭގެ ވަރަށް ސާފު މަންޒަރުތައް ފެންނާތީ އެވެ. އެގޮތުން މިޔަރުގެ ތޫނު ދަތްތަކާއި ގިލްސްތައް ވަރަށް ކައިރިން ފެނެއެވެ. އެސަރަހައްދުން އެހެން މިޔަރު ތަކާއި މަސްތައް އުޅޭ މަންޒަރުވެސް ފެނެ އެވެ. މިޔަރަށް ކެމެރާ ހަފާ ނުލެވުމުން ކެމެރާ ދޫކޮށްލާފައި ދާމަންޒަރުވެސް ފެއެވެ.

އެކަމާ ގުޅޭ ގޮތުން އިންޑިޕެންޑެންޓް އަށް ދިން ބަސްދީގަތުމެއްގައި، ޒިމީ ބުނީ އޭނާ ކެމެރާ ބަހައްޓާފައި ހުރީ ކަނޑު އަޑީގައި ވެލިތަކުގައި ބަރިއެއް އައްސާފައި ކަމަށެވެ. އަދި މިޔަރު އެ ކާލީ އެއީ ކޯއްޗެއްތޯ ބަލަން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މިއިންވެސް ދޭހަވަނީ މިޔަރު މީހުންނަށް ހަމަލާދެނީ އޮޅިގެން ކަމަށެވެ. އަދި މިޔަރަކީ ބިރުވެރި އެއްޗެއް ގޮތުގައި ސިފަ ކުރެވިފައި އޮތް އޮތުން ބަދަލު ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ. މިޔަރަކީ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ބޮޑު ދައުރެއް އަދާ ކުރާ އެއްޗެއްކަމުގައި ވެސް ޖިމީ ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Zimy Da Kid (@zimydakid)

29 އަހަރުގެ ޒިމީ އަކީ "ޑީޕްސީގާޑިއަންސް" ގެ ފައުންޑަރ އެވެ. ތަފާތު ވައްތަރުގެ މިޔަރު ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމާއި މިޔަރު ހިމާޔަތް ކުރުމަށް އަޑު އުފުލަމުން އަންނަ ޒުވާނެކެވެ.

ޒިމީގެ މިވީޑިއޯ ދުނިޔޭގެ މަޝްހޫރު އެތަކެއް ނޫސްތަކަކުން ވަނީ ގެނެސްދީފަ އެވެ.

ފުވައްމުލަކުގައިވާ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. މި ގޮތުން މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑި މިޔަރު, ފާނަ މިޔަރު, އެންމަޑި،އަދި ފެހުރިހި ހިމެނެއެވެ.

މި ދިރުންތަކަކީ ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *