ނުކުމެ ތިއްބެވީ ހުއްޓިފައިހުރި ޖަގަހަ ތަކާއި ހަރަކާތްތަށް ހިންގާލަން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ.

(ފަޔާއާއި، އޭނާގެ ހިންގާލަން ޓީމް އިއްޔެ ވަނީ ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކެމްޕެއިނަށް ވަޑައިގެންފައެވެ. ކުޅުދުއްފުށީ މަގުން ހދ. ގެ ބައެއް ރަށްތަކަށް ފެއްޓެވި މި ދަތުރުގައި މި ޓީމް އިއްޔެ ވަނީ ކުމުންދޫ، ނޭކުރެންދޫ އަދި މަކުނޫއަށް ޒިޔާރަތްކޮށް ޕާޓީގެ މެންބަރުންނާއި ބައްދަލުކޮށްފައެވެ. މި ރަށްތަކުން ފަޔާއަށާއި ޓީމަށް ވަނީ ބޮޑު ތަރުޙީބެއް ވެސް ލިބިފައެވެ.

Ad
rt

ފަޔާ އާއި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ހިމެނޭ ހިންގާލަން ޓީމްގެ ކެމްޕެއިން ހަރަކާތްތައް ރޭގައި ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ސިޓީގައެވެ.

ކުޅުދުއްފުށީ ސިޓީގައި ރޭ ޕާޓީގެ ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ފަޔާ ވިދާޅުވީ، އެއްގޮތަކަށްވެސް ވާދަވެރި ކެންޑިޑޭޓް ގޯސް ކޮށް ދަށް ކުރަން މަސައްކަތް ނުކުރަށްވާ ކަމަށެވެ.

"އެެއްގޮތަކަށްވެސް ވާދަވެރި ކެންޑިޑޭޓް ގޯސް ކޮށް ދަށް ކުރަނީ އެއް ނޫން، މިއުޅެނީ މި ޕާޓީ ހިންގާލަން، ހިންގުމުގެ ދާއިރާއިން އަޅުގަނޑު މާ ގަދަ ވާނެ" ފަޔާ ވިދާޅުވިއެވެ.

ފަޔާ ވިދާޅުވީ މިހާތަނަށް ކެމްޕެއިނަށް 145 ރަށަށް އޭނާ އާއި ޓީމް ދަތުރުކޮށް މެންބަރުންނާއި ބައްދަލުކޮށް ޕާޓީގެ ކަންކަން ހިނގަމުން އަންނަގޮތް ވަޒަން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މަދު ރަށެެއް ފިޔަވާ ޕާޓީގެ ހަރަކާތްތައް ނުހިނގާ ކަމަށް ވިދާޅުވިއެވެ. އަދި ނުކުމެ ހުންނެވީ ހުއްޓިފައިހުރި ޖަގަހަ ތަކާއި ހަރަކާތްތަށް ހިންގާލަން ކަމަށް ވިދާޅުވިއެވެ.

"‏145 ރަށަށް ދެވުނު އިރު މަދު ރަށެެއް ފިޔަވާ އެއްވެސް ރަށެއްގައި ޕާޓީގެ ހަރަކާތެއް ނުހިނގާ ، އަޅުގަނޑުމެން މި ނިކުތީ ހުއްޓިފައިހުރި ޖަގަހަ ތަކާއި ހަރަކާތްތަށް ހިންގާލަން" ފަޔާ ވިދާޅުވިއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންނަމަ ޕާޓީގެ އެތެރޭގައި މިހާރު ހުރި ދެބަސް ވުން ތަށް އެެއްފަރާތްކޮށް އެންމެން އެކަތި ގަނޑެެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ފަޔާ ވަނީ ވިދާޅުފައެވެ.

ރޭ ވަނީ ކުޅުދުއްފުށީ ސިޓީގައި ހިންގާލަން ޓީމުގެ ކެމްޕެއިން ޖަގަހަ އެއް ވެސް ހުޅުވާފައެވެ. ފަޔާއާއި މި ޓީމަށް އެ ސިޓީން ވެސް ބޮޑު ތަރުޙީބެއް ލިބުނުކަމަށް ހިންގާލަން ޓީމުން މައުލޫމާތުދެއެވެ.

ފަޔާއާއި ޓީމް މިއަދާއި މާދަމާ ވަޑައިގަންނަވާނީ ރ. އަތޮޅާއި، ޅ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި މެކުހަށް ޖަހާފައިވާއިރު، އެ އިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.