ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށްޓަކައި، އުރީދޫ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެންމެ 150ރ އަށް 21ޖީބީ ޑޭޓާ މުޅި ހަފްތާއަށް، އަދި ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓް އޮފަރ އެއް ތައާރަފްކޮށްފި އެވެ.

މި އޮފަރގެ ދަށުން ޢީދު ޗުއްޓީ ތެރޭގައި ދުވާލަކު 1ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް 150ރ ޕެކް ބައްލަވައިގަތުމުން 7 ދުވަހަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު 2ޖީބީ، މުޅިއަކު ދުވާލަކު 3ޖީބީ ގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

Ad
rt

އުރީދޫން ބުނީ، މި އޮފަރ ތައާރަފް ކުރެވިފައިވަނީ ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށްލާ ޢީދުގެ އުފަލާ މަޖާ ހިއްސާކޮށްލުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންކަމަށެވެ. މި ޑޭޓާ ޕެކް އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކޮއްލެވޭނެއެވެ.

"އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް އަޅުގަނޑުމެންގެ މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން."

އުރީދޫގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

އާޗާ ޕްރިޕެއިޑް ބޯނަސް އޮފަރގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށްވެސް ވަނީ ޙާއްސަ އޮފަރ އެއް ތައާރަފް ކޮށްފައެވެ. ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޢީދު ބަންދު ތެރޭގައި އުރީދޫ ކްލަބް ޕްރިމިއަރ ޕާޓްނަރުންކަމުގައިވާ ޗޮކްލެޓް، ރަޓަޓޫއީ އަދި ޗާކޯލް ކެފޭ އިން %10 ޑިސްކައުންޓް ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވަނީ އަރިސްކޮށްފަ އެވެ.