ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް (މޭޑޭ)ގެ ހިނގާލުމަށް ފުލުހުންގެ ޚިދުމަތުން ހުއްދަ ދިނުމާއެކު އެ ހިނގާލުން ފަށައިގެން ކުރިއަށް އެބަދެއެވެ.
މި ހިނގާލުން ފަށާފައި ވަނީ މާލޭ ރަސްފަންނު ސަރަޙައްދުންނެވެ.
އެ ހިނގާލުން އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތްކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ރޭ ވަނީ އެ ޔޫނިއަނުން އިސްވެ ބާއްވަން އުޅުނު ހިނގާލުން ރާވާފައިވާ ގޮތައް ކުރިއަށް ގެންދަން ފުރުޞަޠު ދެވެން ނެތްކަމަށް ފުލުހުން އެ ޔޫނިއަންއަން އަންގާފައިވާ ކަން ހާމަކޮށްފައެވެ.
މިއަދު ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ހިނގާލުން އިންތިޒާމް ކުރާ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ދެ ފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ހިނގާލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދިވެހި ފުލުހުންގެ ހިދުމަތުން ދީފައިވާނެ ކަމަށެވެ.
MayDay 2022 Rally organised by the National worker’s unions @MaldivesHPU @ilo @pilcmv @TAMaldives @TEAMmaldives @port_union @SolidarityCntr just began from Rasfannu Beach. pic.twitter.com/90VwfmHKBw
— MTUC (@mtucMV) May 1, 2022
ފުލުހުން ކުރިން ވިދާޅުވީ، މޭޑޭގައި ބާއްވަން ރާވާފައިވާ ހިނގާލުމާއި ގުޅޭގޮތުން ފުލުހުންނާއެކު ބޭއްވުނު ބައްދަލުވުމުގައި ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށް ވާތީ އާއި ވަކިން ހާއްސަކޮށް ރަމަޟާންމަހުގެ ފަހު ދުވަހު އިތުރަށް ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި ގާނޫނު ހުއްދަ ކުރާ އެހެން ސަރަހައްދެއްގައި އެ ހިނގާލުން ކުރިއަށް ގެންދިއުމަށްއެދޭ ކަމަށް އެ ފަރާތުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެ ހުށަހެޅުމާ އެއް ގޮތަށް އަމަލުކުރުމަށް ހިނގާލުން އިންތިޒާމް ފަރާތުން އެއްބަސްވެފައި ނުވާތީ މަޖީދީމަގުގައި އެ ރެލީ ނުބޭއްވޭނެ ކަމަށް އެންގި ކަމަށެވެ. އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް އެ ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށެވެ.
@SolidarityCntr @ilo @TAMaldives @port_union @MaldivesHPU Calling For fair treatment for the workforce and to bring Industrial Relations Law into force reiterating its importance from 2018 till date.
— MTUC (@mtucMV) May 1, 2022
މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ރާވާފައިވާ ގޮތައް ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުން އެންގި ނަމަވެސް އެ ހިނގާލުން އޮންނާނެ ކަމަށް އެ ޔޫނިއަނުން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުންނާއި ކުރެވުނު މަޝްވަރާއަށް ފަހު، އެއްބަސްވުމަކަށް އާދެވުމުން ފުލުހުން ކަނޑައެޅި ރޫޓުން ހިނގާލުން ކުރިއަށް ގެންދަން ވާނީ އެއްބަސްވެފައިވި ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!