ދޫނި ރޯގާގެ ވޭރިއަންޓެއް ކަމަށްވާ "އެޗް3އެން8" އިންސާނެއްގެ ގައިން ފެނިއްޖެ

H3N8 bird flu

ދޫނި ރޯގާގެ ވޭރިއަންޓެއް ކަމަށްވާ "އެޗް3އެން8" އިންސާނަކަށް ޖެހިއްޖެއެވެ.

މިއީ މި ބަލި އިންސާނެއްގެ ގައިން ފެނުނު ފުރަތަމަ ފަހަރެވެ. އާއްމުގޮތެއްގައި އެ ބަލި ޖެހެނީ އަހާއި ކުއްތާއަށެވެ.

ބޭރުގެ ނޫސްތަކުން ޗައިނާގެ ހެލްތު އޮތޯރިޓީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ވޭރިއަންޓް ޖެހިފައިވަނީ ޗައިނާގެ ހެނަން ޕްރޮވިންސްގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް އެ ވޭރިއަންޓް ޖެހުނީ، މިމަހުގެ ފަސް ވަނަ ދުވަހު ހުން އައިސް އެހެން އަލާމާތްތައްވެސް ފެނިފައިވަނިކޮށް ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން ބުނީ، އެ ކުއްޖާގެ ކްލޯސް ކޮންޓެކްޓެއް ނެތް ކަމަށާއި އަލަށް ފެނުނު ވޭރިއަންޓް ފެތުރުމުގެ ފުރުސަތު ކުޑަކަމަށެވެ.

ޗައިނާގައި ދޫނި ރޯގާގެ އެކިއެކި ވޭރިއަންޓްތައް ފެނެއެވެ. އެއީ އެގައުމުގައި ގިނަ އަދަދެއްގެ ދޫނި އާލާކުރާތީ ކަމަށް ސައިންސްވެރިން ލަފާ ކުރެއެވެ. ބާރޑް ފުލޫގެ އެކި ވޭރިއަންޓްތައް ޗައިނާއިން ފެންނަމުންދާއިރު ގިނައި ބަލި ފެނިފައިވަނީ ޕޯލްޓްރީތަކުގައި މަސައްކަތްކުރާ މީހުންގެ ފަރާތުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *