ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މަގު ހެދުމުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ޕަމްޕް ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުގައި ދަވާދު ލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، 38,916 އަކަ މީޓަރުގެ ދުއްވާ ސަރަޙހައްދެއް ގާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 76.09 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!