އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އީދަށް ހާއްސަކޮށް ދަ ސްޕޭސްގެ ބްރައުނީސް ފޮނުވާލެވޭނެއެވެ. މިގޮތަށް އީދު ހަދިޔާއަށް އޯޑަރު ކުރުމުން ގެއާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.
ދަ ސްޕޭސް އިން 10 ބްރައުނީގެ ގިފްޓް ބޮކްސް އާއި ފަސް ބްރައުނީގެ ގިފްޓް ބޮކްސް ލިބޭނެއެވެ.
މޫލީ އިން އީދު ހަދިޔާ ގަތުމުން މާލެ އާއި ހުޅުމާލެއަށް ޖެހިގެން އަންނަ ދުވަހު ޑެލިވަރީ ކޮށްދޭނެއެވެ.
މޫލީ އިން އެހެން ބައެއް ހަދިޔާތައް ވެސް ގަނެވޭނެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ސާމާނާއި އިލެކްޓްރޯނިކްސް ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!